ads
ފުލުހުންގެ ކާރުތަކެއް
ވޭޕް ބޭނުންކުރި 12 މީހަކު މިދިޔަ މަހު ޖޫރިމަނާ ކުރި
ވޭޕް ބޭނުންކުރުމުގެ މައްސަލައިގައި 12 މީހަކު މިދިޔަ ޖެނުއަރީ މަހުގައި ޖޫރިމަނާ ކުރިކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ފުލުހުން ބުނީ ޖެނުއަރީ މަހު ޖުމުލަ 14 މައްސަލައެއް ބަލައި، އެ މައްސަލަތަކުގައި 12 މީހަކު ޖޫރިމަނާ ކުރިކަމަށެވެ. މިއީ މިދިޔަ ޑިސެންބަރު މަހާ އަޅާބަލާއިރު މަދު އަދަދެކެވެ. ފާއިތުވި ޑިސެންބަރު މަހު 20 މައްސަލައެއްގައި 17 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ވިއްކުމުގެ މައްސަލަތަކުގައި 20،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.

ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ބޭނުންކުރުން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މި ނިންމެވުމާ ގުޅިގެން ގާނޫނަށް ގެނެވުނު އިސްލާހު ތަންފީޒުކުރަން ފެށީ ނޮވެންބަރު 15 ގައެވެ.

ފުލުހުންގެ ހިދުމަތުން ވަނީ ގާނޫނަށް ހުރިހާ ރައްޔިތުން ފުރިހަމައަށް އަމަލުކުރުމަށާއި، ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް