ސޯނޫ ކޯޓަށް ހާޒިރުކުރަން އަމުރު ނެރެފައި ވަނީ މި މައްސަލާގައި ހެކިބަހެއް ނެގުމަށް ކޯތަށް ހާޒިރުވުމަށް އެންގުމުން ކޯޓް ހާޒިރު ނުވުމުންނެވެ. މުމްބާއީ ޕޮލިސް ސްޓޭޝަންގެ މައްޗަށް ނެރުނު އަމުރުގައި ބުނެފައިފައިވަނީ ސޯނޫ ސޫދު ހައްޔަރުކޮށް ކޯޓަށް ގެނައުމަށް އަންގާ އަމުރުކުރާކަމަށެވެ.
ކޯޓުން ވަނީ ސޯނޫ ސޫދް މިމަހުގެ 10 ވަނަދުވަހު ކޯޓަށް ހާޒިރުކުރުމަށް އަންގާފަ އެވެ. އަދި އެ އަމުރު ތަންފީޒުކުރި ގޮތާއި ނުވަތަ ނުކުރިނަމަ ނުކުރާ ސަބަބަުވެސް އަންގަން ކޯޓް އަމުރުގައިވެ އެވެ.
ގިނަ ފިލްމުތަކެއްގައި ނުބައި ބައި ރޯލުން ފެނިފައިވާ ސޯނޫ ސޫދް އަކީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތައް ދިނުމުގައި ފާހަގަކޮށްލެވޭ ތަރިއެކެވެ. އޭނާ ވަނީ އެކި ފަރާތްތަކަށް އެހީވުމަށް ފައިސާގެ ބޮޑެތި އަދަދުތަކުން ހޭދަކޮށްފަ އެވެ.