މަސްތުވާތަކެތި ގެންގުޅެ، އެ ބޭނުން ކުރުމުގެ ތުހުމަތުގައި މާލޭން ހައްޔަރުކޮށްފައިވަނީ ތިން އަންހެނުންނެވެ. އެ ތިން އަންހެނުންވެސް ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ބަންދަށްވަނީ 30 ދުވަސް ޖަހާފަ އެވެ.
މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ރަނގަޅަށް ކަމަށް ކޯޓުންވަނީ ކަނޑައަޅާފަ އެވެ. ތިން އަންހެނުންގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، ތިން މީހުންނަކީވެސް ފަރުވާ ދޭން ޖެހޭ ބައެއް ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.