
ދުނިޔޭގެ މަޝްހޫރު ދާއީ ޝައިހް އިސްމާއިލް ބުލަކް
ޝައިހް އިސްމާއިލް ބުލަކްގެ ހާއްސަ ދަރުހެއް މިރޭ މަރުކަޒުގައި
މުހައްމަދު އާދަމް އަހްމަދު
10 ފެބްރުއަރީ 2025 - 14:59:58
ދުނިޔޭގެ މަޝްހޫރު ދާއީ ޝައިހް އިސްމާއިލް ބުލަކްގެ ހާއްސަ ދަރުހެއް މިރޭ އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ދަރުސް އޮންނާނީ މިރޭ އިޝާނަމާދަށް ފަހުގައިކަމަށެވެ.
އިނގިރޭސި ބަހުން ކުރިއަށް ގެންދާ މި ދަރުހުގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ހިތްހަމަޖެހުމާއި އުފާވެރިކަން ހާސިލްކުރުމަށް އޮތް ހަގީގީ މަގާއި ގުޅޭ ގޮތުންކަމަށް މިނިސްޓްރީން ބުނެއެވެ.
ޝައިހް އިސްމާއިލް ބުއްލަކްގެ ހާއްސަ ދަޢުވާ ވޯކްޝޮޕެއްވެސް މީގެ ކުރިން ވެސް ކުރިއަށް ގެންގޮސްފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި މިފަހަރު އައްޑޫގައި މިސްކިތުގެ އިމާމުންނަށް ހާއްސަކޮށްގެން ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް