ފުލުހުން ބުނީ، އެ ޒުވާނާ އޮތީ ސްޓެލްކޯގެ ސީ ޓަވަރުގެ ބިއްދޮށުގައިކަމަށެވެ. މިވަގުތު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މަރުވެފައި އޮއްވާ ފެނުނީ ހ. ގިނިރާހި އާގޭ އުމުރުން 24 އަހަރުގެ އިބްރާހިމް ޝަރަފްއެވެ. އޭނާ ފެނުނު އިރުވެސް މަރުވެފއިވާކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާއި ގުޅޭ މާބޮޑު ތަފްސީލެއް އަދި ފުލުހުން ނުދެއެވެ. އެހެންނަމަވެސް މައްސަލަ ތަހުގީގުކުރަމުން އަންނަކަމަޑް ފުލުހުން ބުނެއެވެ.