ads
އެމްއެމްއޭ މައި އޮފީސް
ރަސްމީ ރިޒާވު 708 މިލިއަން ޑޮލަރަށް ވުރެ މައްޗަށް
މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވު 708 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެއެވެ.
Advertisement

އެމްއެމްއޭއިން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިދިޔަ ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވްގައި 708.1 މިލިއަން ޑޮލަރު އެބަހުއްޓެވެ. މީ މިދިޔަ ޑިސެމްބަރުމަހު ރިޒާވްގައި ހުރ އަދަދަށްވުރެ 5 އިންސަތައިގެ އިތުރުވުމެކެވެ. 

އެމްއެމްއޭއިން ބުނީ ރިޒާވް މައްޗަށް ޖެހުނު އެންމެ މުހިއްމު އެއް ސަބަބަކީ ބޭރު ފައިސާ މާރުކުރުމަށް ގާނޫނުން ގެނައި ބަދަލުން ލިބުނު ބޭރު ފައިސާގެ އަދަދު އިތުރުވެފައިވުމުންކަމަށެވެ. އެގޮތުން މިދިޔަ ޖެނުއަރީމަހު ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރު ފައިސާގެ މިންވަރު ޑިސެންބަރު މަހާ އަޅާ ބަލައިއިރު 12 އިންސައްތަ އިތުރުވެފައިވާކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.

މި އަހަރަށް މަޖލިސް ހުޅުވާދެއްވާ ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ މިިދޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށެވެ. އެއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއްކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. 

މިއަހަރު ރާއްޖޭގެ އިގްތިސާދު 6.4 އިންސައްތަ ކުރިޔަށް އަރާނެކަމަށް އަންދާޒާކުރައްވާ ކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް