ފޮނަދޫ ފެން ޕްލާންޓަށް މައްސަލަ ދިމާވެ އެރަށުން ފެނުގެ ހިދުމަތް އިއްޔެ ރެއިން ފެށިގެން ވަނީ ކެނޑިފައެވެ.
ފެނަކައިން ބުނީ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ރަށަށް ފެން ދޫކޮށްފައިވާކަމަށެވެ. އަދި މިކަން ކުރެވުނީ އެކަމަށް ބޭނުންވާ ސާމާނު މާލެއިން ގެންގޮސްގެންކަމަށާއި އެކަމުގައި މޯލްޑިވިއަނުން ދިން އެހީތެރިކަން ފާހަގަކުރާކަމަށް ފެނަކައިން ބުނެއެވެ.
ފޮނަދޫ ކައުންސިލުން ބުނީ ފެން ޕްލާންޓަށް މައްސަލަ ދިމާވެ، ފެން އުފެއްދުން މީގެ ހަފްތާއެއްހާ ކުރިން ހުއްޓިފައިވާ ކަމަށައި އެކަން މިދިޔަ ހަފްތާއިން ފެށިގެން ފެނަކައިގެ އޮފީހަށް އެނގިކަމަށެވެ. އެހެންނަމަވެސް ރަށުން ފެން ކެނޑުނީ އެކަމަށް ހައްލު ނުލިބި އޮއްވާކަމަށް ފޮނަދޫ ކައުންސިލުން ބުނެއެވެ.