ads
އިލްހާމް
8 މަސްތެރޭ ސުޕަ މެޖޯރިޓީ ގެއްލިދާނެ: އިލްހާމް
ސަރުކާރަށް މިހާރު ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި ނުވަތަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގެއްލިގެން ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެންބަރުން އަތުލަފިކޮށްގެން ނުގެންގުޅެވޭނެ ކަމަށާއި، މަޖިލިސް މެންބަރުން ރައީސް މުއިއްޒާއި ދެކޮޅަށް ތެދުވެ، ފާޑުކިޔައި، ދެކޮޅަށް ވޯޓުދޭން ފަށާނެ ކަމަށެވެ.

މިހާރު ރާއްޖޭގެ ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާތީ ރައްޔިތުންގެ ޕްރެޝަރު އިންތިހާއަށް މަޖިލިސް މެންބަރުންނާ ދިމާލަށް އަންނަމުންދާ ކަމަށް އިލްހާމް ފާހަގަކުރެއްވިއެވެ. . ހާއްސަކޮށް އެނާ ބުނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އަދި އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ވަރަށް ފަސޭހައިން ރައްޔިތުންނަށް ލިބެމުންދިޔަ އާސަންދައާއި އެންސްޕާގެ ހިދުމަތް މިހާރު ރައްޔިތުންނަށް ނުލިބޭ ކަމަށެވެ.

"މިހާރު ވެސް މެންބަރުން ދެކޮޅަށް ތެދުވާ މަންޒަރު ފެންނަމުން އެބަދޭ. ގޮނޑި ގެއްލުނަސް ބައެއް ބޭފުޅުން ކެރިގެން ނުކުންނާނެ. 200 ޕަސަންޓު މިއީ ހިނގާނެ ކަމެއް،" -އިލްހާމް- 

ހަމައެއާއެކު މިއަދު މަޖިލިސް މެންބަރުންނަކީ ވަރަށް ނިކަމެތި ބައެއް ކަމަށާއި، އާރެއް ބާރެއް ނެތް ބައެއް ކަމަށް އިލްހާމް ވިދާޅުވިއެވެ.  އޭނާ ވިދާޅުވިގޮތުން މަޖިލީހުގައި މިހާރު މަސައްކަތް ކުރަންޖެހެނީ "އޯޑަރާ" އެއްގޮތަށް ކަމަށާއި، މެންބަރުންނަށް އެއްވެސް ކަމަކާ ގުޅިގެން މަޝްވަރާކުރުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް