ހާއްސަކޮށް އޭނާ ހުދު ސްވިމްސޫޓެއްގައި ނެގި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވަމުންދާކަން ފާހަގަކުރެވެއެވެ.
ސޯނަލް ޗައުހާން ހިއްސާކުރި ފޮޓޯތަކުގައި އޭނާ ވަނީ ރާއްޖޭގެ ރީތި ބީޗްތަކުގެ މަންޒަރާއެކު ފެނިފައެވެ. އޭނާގެ ހުދު ސްވިމްސޫޓާއި ރާއްޖޭގެ ކަނޑާއި އުދަރެސް، އެކުއެކީގައި އެއްވެފައިވާ މަންޒަރުތަކަކީ ގިނަ ބަޔަކު ކޮމެންޓު ސެކްޝަންގައި ތައުރީފުކޮށްފައިވެއެވެ. މެގަޒިންތަކާއި ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި އޭނާގެ އުޖާލާ މޫނުމަތިން ހުދު ސްވިމްސޫޓުގައި ނަގާފައިވާ ފޮޓޯތައް ވަނީ ވައިރަލްވެފައެވެ.