މި ރޯދަވީއްލުން ބޭއްވުނީ ރައީސްގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ. އިސްވެރިން މި ރޯދަވީއްލުމަށް ހާޒިރުވެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިހުތިރާމު އަދާކުރިއެވެ.
މި އިފްތާރުގައި ރައީސް ޑރ. މުއިއްޒާއި އަދި ފަސްޓް ލޭޑީ ސާޖިދާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އަދި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ސަރުކާރުގެ އެހެން އިސްވެރިންވެސް މި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ރޯދަ މަހުގައި ރައީސް މުއިއްޒު ބޭރުގެ ޑިޕްލޮމެޓިކް ކޯރަށް ދެއްވި ފުރަތަމަ ރަސްމީ ރޯދަވީއްލުމެވެ.