ads
އައްޑޫ ސިޓީއަށް ގެންދިޔަ ޖަނެރޭޓަރު
އައްޑޫ ކަރަންޓް ރަނގަޅުކުރަން 1 މެގަވޯޓްގެ ޖަނެރޭޓާރެއް
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރަން އެ ސިޓީއަށް ރަނގަޅުކުރަން 1 މެގަވޯޓްގެ ޖަނެރޭޓަރެއް ގެންގޮސްފިއެވެ.
Advertisement

އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ ހައްލުކުރަން އެ ސިޓީއަށް މިދިޔަ މަހުގެ 21 ވަނަ ދުވަހުވެސް ވަނީ 1.8 މެގަވޯޓުގެ ޖެންސެޓެއް ގެންގޮސް ބޭނުން ކުރަން ފަށާފައެވެ. އެހެންނަމަވެސް އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް އަދިވެސް ކަނޑަމުން އަންނާތީ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. 

އެކަމާއި އިހްތިޖާޖުކުރުމުގެ ގޮތުން އެސީޓީގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި ދާދިފަހުން ފެނަކައިގެ އިސްވެރިން އެ ސިޓީއަށް ދިޔުމުންވެސް އެ ސިޓީ ރައްޔިތުން ވަނީ ނުކުމެ އިހްތިޖާޖުކޮށްފައެވެ.

އައްޑޫ ސިޓީ ކަރަންޓްގެ މައްސަލަ ހައްލުކުރަން މި ހަފްތާގައި 1.8 މެގަވޮޓުގެ ޖަނެރޭޓަރު ސެޓެއް ގެންދާނެކަަމަށް ފެނަކައިން މިދިޔަ ހަފްތާގައި ބުންޏެވެ. އެހެންނަމަވެސް އެ ސިޓީއަށް ރޭ ގެންގޮސްފައިވަނީ 1 މެގަވޮޓްގެ ޖެރޭޓަރު ސެޓެކެވެ. މި ޖަނަރޭޓަރު އައްޑު ސިޓީއަށް ރޭގެ ވަގުތެއްގައި ގެންގޮސް މި ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްޖަތް އަންނަނީ ކުރަމުންނެވެ. 

ފެނަކައިން ބުނީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް އެ ކުންފުނިން ފަށާ ދޮޅު އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާކަމަށެވެ.  

ފެނަކައިން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްތަކަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރު ސެޓަށް މައްސަލަ ދިމާވެ އިތުރު އެއް ޖަނަރޭޓަރު ސެޓް މަރާމާތު ނުކުރޭވޭ ވަރަށް ހަލާކުވެފައިވާކަމަށެވެ. މިކަމުގެ ސަބަބުން އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމުގެ ދަތިތަކެެއް ކުރިމަތިވެ އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ޖެހިފައިވާކަމަށެވެ.

މީގެއިތުރުން ހަލާކުވި ޖެނެރޭޓަރުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފައިވާކަމަށާއި އަނެއް ޖަނެރޭޓަރު މަރާމާތުކޮށް މި ހަފްތާގެ ނިޔަލަށް ނިމޭނެކަމަށްވެސް ފެނަކައިން ނެރުނު ބަޔާނެއްގައިވެއެވެ. އަދި ދެން ހުރި ޖަނެރޭޓަރަށް ބޭނުންވާ ސްޕެއާ ރާއްޖެއިން ބޭރުން ގެނެސް އެ ޖަނެރޭޓަރު މަރާމާތުކޮށް ހިންގަން ފަށާނެކަމަށްވެސް ފެނަކައިން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް