ads
ދިރާގު ގުޑިފެސްޓް: ހޮނިހިރު ދުވަހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ދިރާގުން ބޭއްވި ގުޑިފެސްޓުގެ ތެރެއިން --- ފޮޓޯ/ ދިރާގު
ދިރާގު ގުޑިފެސްޓް މާދަމާ ހުޅުމާލޭގައި
އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ދިރާގުގެ މަގުބޫލު ގުޑިފެސްޓްގެ ހަރަކާތެއް މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
Advertisement

އެ ހަރަކާތް އޮންނާނީ ހުޅުމާލެ ފޭސް 2 އަށް ވަންނަ ސަރަހައްދުގައި އޮންނަ "ދިރާގު ބީޗު"ގައި ހަވީރު 5:00 އިން 6:00 އަށެވެ. މި ހަރަކާތުގައި ހުރިހާ އުމުރުފުރައެއްގެ ކުޑަކުދިންނަށް ބައިވެރިވެވޭނެ އެވެ. 

އަދި ހަރަކާތުގައި ބައިވެރިވާ ކުދިންނަށް ދިރާގުން ހިލޭ ގުޑިއެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގު ގުޑިފެސްޓްއަކީ ރަމަޟާން މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމުގައިވާ ގުޑި އެރުވުމަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ.

މި ގޮތުން، ވޭތުވެދިޔަ ރަމަޟާން މަސްމަހާ އެއްފަދައިން، މި އަހަރު ވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

އެ ގޮތުން މި ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް ވަނީ މިދިޔަ ހޮނިހިރު ދުވަހު މާލޭ އުސްފަސްގަނޑުގައި ބާއްވައިފަ އެވެ.

ދިރާގުން ބުނީ އެ ހަރަކާތްވީ ގިނަ ބަޔަކު ބައިވެރިވި އަދި ހޫނު ތަރުހީބެއް ލިބުނު ހަރަކާތަކަށް ކަމަށެވެ.

ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް