
އަބްދުއްރަހީމް އިމާމްވެ ހުކުރު ކުރައްވަން ހަމަޖެހިފައިވަނީ އެމަނިކުފާނުގެ އުފަން ރަށް ހައްދުންމަތީ ފޮނަދޫގައެވެ.
ފޮނަދޫ ކައުސިލުން ބުނީ އެރަށު މަސްޖިދުއްއުލާގައި ހުތުބާ ކިޔާ އިމްމާވެ ހުކުރު ކުރައްވާ ހަތީބަކީ އަބްދުއްރަހީމްކަމަށެވެ. މީގެ ކުރިން ފޮނަދޫގައި އެމަނިކުފާނު އިމާމުވެ، ހުކުރު ކުރައްވައެވެ.
ފޮނަދޫގައި ޖުމްލަ ހަތަރު މިސްކިތެއްގައި ހުކުރު ކުރާއިރު މި ހުރިހާ މިސްކިތެއްގައިވެސް މިއަދު އިމާމްވެ ހުކުރު ކުރަނީ އެރަށަށް ނިސްބަތްވާ ހަތީބުންނެވެ.
މިއަދު ހުކުރު ހުތުބާގެ މައުޝޫއަކީ "ނަސްރުގެ މައްސަރު" މި މައުޝޫއެވެ.
ފޮނަދޫގައި ހުކުރު ކުރާ އިމާމުން
ހުކުރު ދުވަހު މިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރާނެ ހަތީބުން ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މާލެއާ އަތޮޅުތަކުގެ މިސްކިތްތަކުގައި ހުކުު ކުރާެ ހަތީބުން މަދުވެގެން ޒުވާން ހަތީބުނގެ ނަމުގައި ގިނަ އަދަދެއްގެ ޒުވާން ކުދިން އިސްލާމިކް މިނިސްޓްރީން ވަނީ ތަމްރީނުކޮށްފައެވެ. އެގޮތުން 200 ވުރެ ގިނަ ޒުވާން ހަތީބުން ތަމްރީނުކޮށް ނެރެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.