ކަސްޓަމުން ބުނީ ރޭ މިތަކެތި އަތުލައިގަތީ ވައިގެ މަގުން ރާއްޖެ އެެތެރެކުރަން އުޅެނިކޮށްކަމަށެވެ.
މި ތަކެތި އަތުލައިގަތީ ރޭ ދަންވަރު ތައިލެންޑުން ވައިގެ މަގުން ރާއްޖެއައި އާއްމު މުދާތަކެެއް ހުރި ޝިޕްމެންޓެއްގެ ތެރެއިން ކަމަށް ކަސްޓަމުން ބުނެއެވެ. އަދި މި ތަކެތި ހުރީ 20 ޕެކެޓެއްގައި ފޮރުވާފައިކަމަށް ކަސްޓަމުން ބުނެއެވެ.
އަތުލައިގެން ޑްރަގުތައް ކެނެބިސްއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމުން ބުނެއެވެ. އަދި މިތަކެތީގެ ބަރުދަނުގައި ޕެކިންނާއި އެކު 1،097 ގްރާމް ހުރިކަމަށް ކަސްޓަމުން ބުނެއެވެ.
އަތުލައިގެން ޑްރަގުގެ މަގުމަތީ އަގު ގާތްގަނޑަކަށް 877،600 ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ކަސްޓަމުން ބުނެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ކަސްޓަމުން ބުނެއެވެ.