މި ޕެކޭޖް ތައާރަފުކުރީ މޯލްޑިވިއަން ގެ ފްލީޓުގައި ހިމެނޭ އޭޓީއާރުތަކާއި ޑޭޝް ގެ ބޯޓުތަކަށެވެ މީގެކުރިން އެތެރޭގެ އުދުހުންތަކުގައި ވިއްކަމުން އަންނަނީ އިކޮނޮމީ ކްލާސް ޓިކެޓުއެވެ.
ޕްރިމިއަމް އިކޮނޮމީގެ ޓިކެޓް އަގުތައް (އެއްކޮޅަށް)
އަލަށް ތައާރަފުކުރި ކްލާހުން ލިބޭ ހިދުމަތުގެ ތެރޭގައި 25 ކިލޯގެ ލަގޭޖް ގެންދެވޭނެއެވެ. އަދި އެއްފަހަރު ހިލޭ ފުރާ ދުވަސް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މީގެއިތުރުން ޗެކިންގައި ހާއްސަ ސަމާލުކަމެއް ދިނުމާއި އެހެން މީހުންނަށް ވުރެ ކުރިން ބޯޓަށް އެރުވުމާއި ލަގޭޖް އަވަހަށް ލިބުންވެސް ހިމެނެއެވެ.