އެ މެނަކިފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އޯޓިޒަމް ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ. މުހައްމަދު މުިއއްޒު ވިދާޅުވީ ކޮންމެ ދިވެހި ދަރިޔަކީ މި ގައުމަށް މުހިންމު އަގުހުރި ދަރިއެއް ކަމަށެވެ. އެގޮތުން އޯޓިޒަމް ތަހައްމަލު ކުރަމުންދާ ކުދިންނަކީވެސް ގައުމަށް މަންފާކުރާނެ ކުދިންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އެ ކުދީންނަށް އަޅައިލުމާއި ލޯބިދިނުމަކީ ޤައުމީ ވާޖިބެއްކަމަށެވެ.
ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރިލް 2 ވަނަ ދުވަހުއެވެ.