ނަޝީދު މިކަން ފާހަގަކުރެއްވީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނަކީ ކުރިން އެމްޑީޕީގެ ރައީސްއެވެ. އަދި އެޕާޓީން އެންމެ ފުރަތަމަ ރާއްޖޭގެ ރައީސްކަމަށް ވަޑައިގަތް ބޭފުޅަކީވެސް ރައީސް ނަޝީދެވެ. ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި، އެމަނިކުފާނުގެ ސަޕޯޓަރުން ދަ ޑިމޮކްރެޓްސް އަށް ގުޅިވަޑައިގަތީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދާއި، ރައީސް ސޯލިހާއި ދެމެދު އުފެދުނު ދެބަސްވުންތަކާއި ގުޅިގެންނެވެ.