ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ހުރިހާ އެންމެން ގުޅިގެން ނަމަވެސް މި ސަރުކާރު ހަމަ މަގަށް އަޅުވަންޖެހޭކަމަށެވެ. އެގޮތުން ރާއްޖޭގައި ޑިމޮކްރަސީ ދަމަހައްޓަން މަސައްކަތް ކުރަން ތިބި ހުރިހާ ބަޔަކާ އެކުވެސް މަސައްކަތް ކުރަން ތައްޔާރުކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެގެން ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދި ޕާޓީއެކެވެ.
އެމްޑީޕީއާ ޑިމޮކްރެޓްސް ގުޅެން މިއަދު ގޮވާލެއްވިއިރު ޑިމޮކްރެޓްސްގެ އިސްސަފުގައި ތިބި ބައެއް މެމްބަރުން ވަނީ އެޕާޓީން ވަކިވެ ދާދި ފަހުން އެމްޑީޕީއާ އަލުން ގުޅިފައެވެ.