
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 15 އަހަރު އަދާކުރެއްވި އިމްތިޔާޒު ފަހުމީ މިކަން ފާހަގަކުރައްވާފައިވަނީ މީސް މީޑިއާ މެދުވެރިކޮށެވެ. ރައީސް ނަޝީދު ވަނީ މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ސިޔާސީ މަސައްކަތް ކުރުން ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ ވިސްނުންފުޅަށް ޑިމޮކްރެޓްސްގެ ރައީސް މަރުހަބާ ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލްވެސް ވަނީ މި ހުށަހެޅުމަށް މަރުހަބާ ވިދާޅުވެފައެވެ. ނަމަވެސް ފައްޔާޒް ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދާއި ޑިމޮކްރެޓުން އަމަލުކުރި ގޮތުން އެމްޑީޕީގެ މެންބަރުންގެ ނުރުހުން ރައީސް ނަޝީދަށް އޮތްކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ދޮރަކީ އެންމެނަށްވެސް ހުޅުވިފައިވާ ދޮރެއް ކަމަށާއި އެހެންކަމުން ރައީސް ނަޝީދަށްވެސް މަރުހަބާ ކިޔާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.