ads
ލ. ފޮނަދޫގައި ފެންބޮޑުވެފައި
ފޮނަދޫގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ސިފައިން ހަރަކާތްތެރިވަނީ
ލ. އަތޮޅު ފޮނަދޫއަށް ބޯކޮށް ވާރޭވެހި އެ ރަށުގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވަން ފަށައިފިއެވެ.
Advertisement

 ފޮނަދޫގައި ފެންބޮޑުވެގެން ފެން ހިންދުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފުން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވިދާޅުވި ގޮތުގައި ފެންބޮޑުވި ނަމަވެސް އެއްވެސް ގެއްލުމެއް ލިބިގެން އެ ރަށު އެއްވެސް ފަރާތަކުން ރިޕޯޓުކޮށްފައި ނުވެއެވެ. އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން، ރަށުގެ ހަ ސަރަހައްދެއްގައި ފެންހިންދާ ޕަމްޕު ބަހައްޓާފައިވާ ކަމަށާއި، އޭގެ ސަބަބުން ފެންބޮޑުވުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އެހެން ނަމަވެސް އާންމުކޮށް ވެސް ރަށުގެ ފެންބޮޑުވާ ސަރަހައްދެއްގައި ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުމާބެހޭ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް، މިއަދު ހަވީރު 17:00އިން ފެށިގެން ރޭގަނޑު 23:00އަށް ވައިޓް އެލާޓް ނެރެފައެވެ. ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 53 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ. ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް