ads
ކުޑަކުއްޖާ އިން ސައިކަލް ފުލުހުންގެ ކާރުގައި ޖެހި ވިއްސައިގެން ދަނީ
ފުލުހުންގެ ކާރެއްގައި ކުޑަކުއްޖަކު ކާރު ދަށަށް، ސަލާމަތްވީ ހަމަ ކިރިޔާ
ފުލުހުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގެ ކުޑަކުއްޖަކު ގޮވައިގެން ދިޔަ ސައިކަލަކުން ޖެހި ކުޑަކުއްޖާ ކާރު ދަށު ނުވެ ކިރިޔާ ސަލާމަތްވެއްޖެއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު ކުޅުދުށްފުށީގައެވެ. 

މި އެކްސިޑެންޓްގެ ވީޑިއޯ މިހާރު ވަނީ އާއްމުވެފައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ކުޑަކުއްޖަކު ގޮވައިގެން ސައިކަލްގައި ދިޔައީ އަންހެނެކެވެ. އޭނާ އެ ކުއްޖާ ގޮވައިގެން ސައިކަލްގައި ދިޔައިރު ކުއްޖާ ގައިގައި ބެލެޓް އެޅުވުމުގެ ބަދަލުގައި އިނީ އެއްއަތުން އެކުއްޖާ ގައިގައި ހިފަހައްޓާލައިގެންނެވެ.

ތުއްތު ކުއްޖަކު ގޮވައިގެން ދިޔަ ސައިކަލް ހަނި ގޯޅިއެއް އަޅާތަން ފެނެއެވެ. އެއާއި އެކު އެ މަގުން ބާރު ސްޕީޑުގައި އައި ކާރެއްގައި ޖެހެއެވެ. އެ ކާރަކީ ފުލުހުންގެ ކާރެކެވެ. 

އެކްސިޑެންޓްވުމާއި އެކު ސައިކަލްގައި އިން ތުއްތު ކުއްޖާ ވިއްސައިގެން ދާތަން ފެނެއެވެ. އަދި ސައިކަލާއި އަންހެން މީހާ ކާރުގެ ފުރޮޅު ދަށުވާހެން ހީވައެވދެ. އެއާއި އެކު އަންހެން މީހާ އަވަސް އަވަހަށް ކުއްޖާ ގޮވައިގެން އެތަނުން ދެމިގަނެ ތެދުވާތަން ފެނެއެވެ. 

އެކްސިޑެންޓްވުމާއި އެކު ކާރު ކުއްލިއަކަށް ހުއްޓާ ކާރުން ފުލުހުންގެ ދެމީހުން ފައިބައިތަންވެސް ފެނެއެވެ. މި އެކްސިޑެންޓްގައި ކުއްޖާއާއި އަންހެން މީހާއަށް އަނިޔާއެއްވި ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ. 

މި އެކްސިޑެންޓްގެ ވީޑިއޯ އާއްމުވި ނަމަވެސް މި އެކްސިޑެންޓާއި ގުޅޭގޮތުން  ފުލުހުން އަދި ވަކިއެއްޗެއް ނުބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް