މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްލި ގޮތަކަށް ނިޔާވީ، ފިޔޯރީ ފެނަކަ ބްރާންޗުގައި ސުޕަވައިޒަރެއްގެ މަގާމު އަދާކުރަމުން އަންނަ މުހައްނަދު ނަޒުމީ މުހައްމަދެވެ. މުހައްމަދު ނަޒުމީ މުހައްމަދުގެ އާއްމު ނަމަކީ މުއްލާ މުހައްމަދެވެ. އޭނާ ނިޔާވީ ސީދާ ކީއްވެގެންކަން އަދި އެނގިފައެއް ނުވެއެވެ.
ފިޔޯރީން ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި މުއްލާ ނިޔާވީ، ރޭ ދަންވަރު ރައްޓެއްސަކާއެކު ކޮފީއެއް ބޯން، ރައްޓެއްސެއްގެ ގެޔަށް ވަންނަނިކޮށެވެ. ކުއްލިއަކަށް މުއްލާ ވެއްޓުމުން ނަގައިގެން އެތާ ހުރި ޖޯއްޔެއްގައި ބޭއްވިއިރު، ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތް ކަމަށް އޭނާ ކިޔައިދިނެވެ.
މި މަރުގެ ތަފްސީލެއް އަދި ނުލިބެއެވެ.