
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން އިއްޔެ ނިންމާފައިވަނީ ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއީލްގެ ޔަހޫދީން 7 އޮކްޓޫބަރު 2023 ގައި ފެށި ހަމަލާތައް ހުއްޓާލަން ދެން އިޒްރާއިލް ޕާސްޕޯޓް މަނާ ކުރާށެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ އިޒްރޭލު މީހުން ނުހިމެނޭކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މި ނިންމުމާ ގުޅިގެން އަޒާން ވިދާޅުވީ ފަލަސްތީނުގެ ބިމަށް ނުޙައްގުން ވެރިވެ، އެ ރައްޔިތުންނާ މެދު ގަތުލު އާންމެއް ހިންގަމުންދާ އިޒްރޭލުގެ އަނިޔާވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް ހުށަހަޅާ އިސްލާޙު މިހާރު މިއޮތް ގޮތަށް ވެސް ފާސް ކުރަން ތާއީދު ކުރާކަމަށެވެ. އެހެން ނަމަވެސް މިހާރު އޮތްގޮތުން ހަމަލާތައް ހުއްޓާލުމަށް ފަހު އިޒްރޭލުގެ އަނިޔާވެރިންނަށް ރާއްޖެ އާދެވިދާނެ ކަަމަށެވެ. އެހެން އޮތް އޮތުން ބަދަލު ކުރަން އަޒާން ވަނީ ގޮވާލައްވާފައެވެ.
އަޒާން ވަނީ ވަނީ މިކަމުގައި އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުންނާއި ދިވެހި އެންމެހާ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެދޭކެމަށް ވިދާޅުވެ ފައެވެ.
އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރުމާއި މެދު މިއަދު މަޖިލީހުން ގޮތެއް ނިންމަން ވަނީ ތާވަލުކޮށްްފަ އެވެ.
ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން އެގައުމުގެ ރައްޔިތުން ރާއްޖެ ވަނުން މަނާ ކުރަން ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށައެޅީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްއެވެ.
މި ބިލާއި މެދު ގޮތެއް ނުންނިމި މަޖލިޙުގެ 241 ކޮމެޓީގައި އޮންނަތާ އަހަރެއްވާން ގާތްވެފައިވަނިކޮށް ކޮމެޓީން އިއްޔެ ވަނީ، އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރަން ފެންނަކަމަށް ފާސްކޮށްފަ އެވެ.