
މި ކޯހަކީ ނެޝަނަލް ސެޓްފިކެޓް 3 ފިޓްނަސް އިންސްޓްރަކްޓާ ކޯހުގެ 29 ވަނަ ބެޗް ކަމަށްވާއިރު، މި ކޯހަށް ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ އެޕްރީލް 24 ކަމަށް މާލޭ ފިޓްނަސް ކުލަބުން ބުނީއެވެ. މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެއި 3 ވަނަ ދުވަހުއެވެ.
މި ކޯހަކީ 15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެއް ކަމަށްވާއިރު، ކޯހުގެ ކިޔެވުންތައް ކުރިއަށްދާނީ ހަފުތާ ދުވަސްތަކުގެ ހަވީރު 4:00 އިން ރޭގަނޑު 9:00 އާ ދެމެދުގެ ވަގުތުތަކުގައެވެ. މި ކޯހަށް ގިނައިން ކުރިމަތިލަނީ އެތްލީޓުންނާއި މިހާރު ފިޓްނަސް އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާއި ސްކޫލްތަކުގެ ސްޕޯޓްސް ސުޕަވައިޒަރުންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކެވެ. ކޯހުގެ ކެޕޭސިޓީއަކީ 20 ދަރިވަރުން ކަމަށްވާއިރު، ފެބްރުއަރީގައި ނިމުނު ބެޗްގައި ވެސް ފުލް ކެޕޭސިޓީގައި ދަރިވަރުން ބައިވެރިވިއެވެ.
ކޯހަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޯހާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ވައިބަރ ނަންބަރު 7472535 އަށް މެސެޖް ކުރުމަށް ނުވަތަ 3328722 ނަންބަރަށް ގުޅުމަށް މާލޭ ފިޓްނަސް ކުލަބުން އިރުޝާދު ދީފައިވެއެވެ. ކޯހަށް ކުރިމަތިލާ ފަރާތްތަކާއެކު އިންޓަވިއު ކުރުމަށްފަހު ފިޓްނަސް ޓެސްޓެއް ވެސް ހަދާނެއެވެ.