މަރުވެފައި ވަނީ، ރ. އަލިފުށީ، އަބަދަށްހިޔާގެ 27 އަހަރުގެ އަބްދު ﷲ ރިޝްދާނެވެ.
ފުލުހުން ބުނީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ މައްސަލައެއް 12:11 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން ރިޝްދާން ހޮސްޕިޓަލަށް ގެންދިޔައީ ކޮންޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓާ ހަބަރު ހުސްވެގެން ކަމަށް ފުލުހުން ބުނެއެވެ. އަދި، ރިޝްދާންގެ މޫނު މައްޗަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަންޒަރު ދުށް މީހަކު ބުނަި ރިޝްދާން ހަބަރު ހުސްވެގެން ވެއްޓުނީ ކަރަންޓު މަސައްކަތެއް ކުރަން ހުއްޓާ ކަމަށެވެ. އެހެންނަމަވެސް އޭނާ ވެއްޓުނީ ކަރަންޓުގައި ޖެހިގެންކަމެްް ޔަގީން ނުވާކަމަށް އޭނާ ބުނެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.