މިމީހާގެ މައްޗަށް ކޯޓުން ހުކުމް އިއްވީ އިއްޔެއެވެ. އޭނާގެ މައްޗަށް ދައުވާކުރީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގައި އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި މައްސަލައެއްގައެވެ.
މީ 51 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ބަންދުގައި ތިން އަހަރު ހުރުމުން، އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމް ކަމަށް ހުކުމުގައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ 2022 ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 އިންނެވެ.
މި މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމަައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 އޮކްޓޫބަރު 18 ވަނަ ދުވަހުއެވެ.