ads
ހުޅުމާލެތެރޭ ބަނގުރާލާއި ޑްރަގު ހިފައިގެން އުޅުނިކޮށް ހައްޔަރުކުރި މީހުން
ސައިކަލް ކަހާލައިގެން ވެއްޓުނު އިރު އަތުގައި ބިޔަރު ދަޅުތައް
ހުޅުމާލެތެރޭ ބަނގުރާލާއި ޑްރަގު ހިފައިގެން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު / އާވާޒް، އަހުމަދު ގާސިމް (42އ) އާއި ގދ. ގައްދޫ / ރަޖީނާގެ، އިބްރާހީމް ނިޔާޒު (36އ) އާއި ހއ. މާރަންދޫ / ސަނީބީމް، އަމްރު ޖަލީލް (20އ) އެވެ.

މި މީހުންގެ ތެރެއިން އަހުމަދު ގާސިމް ހައްޔަރުކޮށްފައިވަނީ އެޕްރީލް އިއްޔެގް ހަވީރު ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ހުޅުމާލޭ ފޭސް 1 ހިރުނދުމަގުން އޭނާ ފެނުނުއިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހު ކަމަށެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ދެ ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

އަމްރު ޖަލީލް ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ރުއްގަނޑު 2 ސަރަހައްދުން އޭނާ ދުއްވި ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު ފުލުހުން ފެނުމުން އޭނާ ފިލަން މަސައްކަތްކުރުމާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ. 119 ނަންބަރު ފްލެޓް ކައިރިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

އިބްރާހީމް ނިޔާޒު ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ހުޅުމާލޭ ފޭސް 2 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހިޔާ ޓަވަރު 16 ކައިރިންކަމަށެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 67 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް