
އެމަނިކުފާނު މިހެން ވިދާޅުވީ ޒުވާނުންނަށް އަމާޒުކޮށްގެން 'ދެނޯ'ގެ ނަމުގައި މިއަދު ގެނެސްދޭން ފެށި ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕޮޑްކާސްޓް ހުށަހަޅައިދެނީ ޔޫތު މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި ޒުވާނުންގެ ފަރާތުން ރައީސަށް ލަފާ ދޭ ކޮމިޓީއަށް އެމަނިކުފާނު އައްޔަން ކުރައްވާފައިވާ ނަޒާ ނަސީމްއެވެ.
މި ފޮޑްކާސްޓްގައި ހޯސްޓްވަނީ ކުރިން ވަޒީފާތައް އަދާކުރެއްވިއިރު ރާއްޖޭގެ ރައީސަކަށް ވެވަޑައިގަތުމުގެ ހިޔާލު ގެންގުޅުއްވިންތޯ ރައީސް މުއިއްޒާ ސުވާލުކުރައްވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ދާދި ފަހަކާއި ޖެހެންދެން ރައީސްކަމަށް ވަޑައިގަތުމުގެ ހިޔާލު ކުރިން ނުވެސް ގެންގުޅުއްވާކަމަށާއި އެކަމާއި މެދު ނުވެސް ވިސްނަވަންކަމަށެވެ.
އެވަރަށް ވިދާޅުވުމަށްފަހު އޭގެ އެއްވެސް ތަފްސީލަކަށް ރައީސް މުއިއްޒު ވަޑައިގެންފައެއް ނުވެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު އުމުރުން 18 އަހަރުގައި އޭލެވެލް ނިންމެވި ގޮތަށް އެންމެ ފުރަތަމަ ވެންނެވީ އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޕްލޭނިން ޓެކްނީޝަން ޓްރެއިނީއެއްގެ މަގާމަށްކަމަށެވެ. އަދި އެ މިނިސްޓްރީއަށް ވަންނަވަން ބޭނުންފުޅުވީ އެއީ އޭރު ކިޔަވައިގެން ތިބި މީހުން އެންމެ ގިނަ އޮފީހަށް ވުމުންކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކުރިއަށް ދާން ބޭނުންވެވަޑައިގެންނެވީ ސައިންސް/އިންޖިނިއަރިންގެ ދާއިރާއަކުންކަމަށެވެ. އެގޮތުން އިލެކްޓްރޯނިކް އިންޖިނިއަރިން އަދި މެކޭނިކަލް އިންޖިނިއަރިން ދާއިރާ ބެއްލެވުމަށް ފަހު އެންމެ ފަހުން އިހުތިޔާރުކުރެއްވީ ސިވިލް އިންޖިނިއަރިންކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.