
ޕޮލިސް މައި އޮފީސް
ނާޒުކު މައުލޫމާތު ހިއްސާކުރަން ފުލުހުން މިރޭ ޕްރެސްއެއް ބާއްވަނީ
މުހައްމަދު އާދަމް އަހްމަދު
22 އޭޕްރީލް 2025 - 22:10:20
ނާޒުކު މައުލޫމާތު ހިއްސާކުރަން ފުލުހުން މިރޭ ޕްރެސްއެއް ބާއްވަން ނިންމައިފިއެވެ.
މި ޕްރެސް ބާއްވަން ނިންމާފައިވަނީ މިރޭ 10:30 ގައެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި، ހައްސާސް އަދި ބައެއް ފަރާތްތަކަށް ބެލުމަށް އުނދަގޫވެދާނެ މަންޒަރު ހިމެނޭ ކޮންޓެންޓާއި އަދި ނާޒުކު މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައިވެއެވެ. އެހެންކަމުން ކެމެރާއާއި ފޯންފަދަ އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއް ބައްދަލުވުން ބާއްވާ ތަނަށް ނުވެއްދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް