ads
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރައްވުން
މަދީނާގެ ހަރަމްފުޅުގެ އިމާމު ޑރ. ސަލާހު އިސްލާމީ މަރުކަޒުގައި މިރޭ ދަރުސްދެނީ
މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ޝައިހު ޑރ. ސަލާހުލް ބުދައިރުގެ ހާއްސަ ދަރުސެއް މިރޭ އިސްލާމީ މަރުކަޒުގައި އިޝާ ނަމާދަށްފަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ މިރޭގެ އިޝާ ނަމާދު އިސްލާމީ މަރުކަޒުގައި ކުރައްވާނީވެސް ޑރ. ސަލާހު ކަމަށެވެ. 

ޑރ. ސަލާހު ރާއްޖެ ވަޑައިގެންނެވީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އިޒުނަފުޅާއެކު، މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

މި ދަތުރުފުޅަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތުގައި ކުރައްވަވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ޑރ. ސަލާހު ވަނީ ރައީސް ޑރ. މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ. އަދި އިސްލާމީ މަރުކަޒުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގިނަ އަދަދެއްގެ ޒުވާން ހަތީބުންނާއި އިމާމުންނާއި ބައްދަލުކުރައްވައި، މުހާތަބުކުރައްވައި އަގުހުރި ނަސޭހަތްތަކެއް ދެއްވާފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް