ads
ޔުމްނު ވެއްޓުނު ރޭގެ މަންޒަރެއް ފުލުހުން އާންމުކޮށްފައި:
ޔުމްނުގެ ފައިވާނާ ހެދުން ވީތަނެއް ބަލަން ޖެހޭ އެއީ އެވިޑެންސް: އަމީން ފައިސަލް
މިމަހު 18 ވަނަ ދުވަހު މާލޭގައި ހުންނަ ގ. ފެންޓޯނިއާ ގެއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނުރޭ އަރައިގެން ހުރި ފައިވާނާއި، އޭނާގެ ހެދުން ވެސް ކޮބައިތޯ ބަލަންޖެހޭކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
Advertisement

ދަ ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މިއަދު އަމީން ފައިސަލް ވިދާޅުވީ، ޔުމްނު ވެއްޓުނު ހާދިސާގައި "އެޓެމްޓެޑް މާޑާ" އެއް ކަމަށް ތުހުމަތުވާ މައްސަލައެއް މަސްތުވާތަކެތި ބޭނުންކުރި މައްސަލައެއްގެ ގޮތަށް ބަދަލުކުރުމަށް ފުލުހުން މަސައްކަތް ކުރާކަމަށެވެ. 

މިގޮތުން މި މައްސަލައިގައި ޔުމްނުގެ ފައިވާނާ ގުޅޭގޮތުން ސުވާލުކުރުމުން އެއީ މުހިންމު ކަމެއް ނޫންކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ އެވިޑެންސް އެއްކަމަށް އަމީން ފައިސަލް ވިދާޅުވިއެވެ. 

"ތިބޭފުޅުން ބަލައިފިއްޔާ ފާހަގަވާނެ ސީސިޓީވީ ފުޓޭޖުގަވެސް ކުއްލި ކުއްލިއަށް ވަކި ތަންތަންކޮޅެއް އަންނަކަށް. ސިކުންތުވެސް ފަންސާސް ދޭކުން ހަޔަކަށް ބަދަލުވާކަބން. ފައިވާނަކީވެސް ހެދުމަކީ ވެސް އެވިޑެންސް އެ ވީތަނެއް ބަލަންޖެހޭ،" - އަމީން ފައިސަލް-

ޔުމްނުގެ ތަހުގީގުގައި ފުލުހުން އާންމުނަށް އާންމުނަށް ދޭ މައުލޫމާތަކުގައި ވެސް "އޮޅުވާލުންތަކެއް" ހުރިކަން ހާމަވަމުން ދާކަމަށް ވެސް އަމީން ފައިސަލް ވިދާޅުވިއެވެ. 

ޑިމޮކްރެސްގެ ރައީސް އިމްތިޔާޒް ފަހުމީވެސް ވަނީ މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ޔުމްނު ވެއްޓުނު މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ކުރެއްވުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވެފައެވެ. 

ޔުމްނު ވެއްޓުން:

ޔުމްނު ވެއްޓުނުތާ ހަފްތާއެއްވެފައި ވަނިކޮށް އިތުރު ފަރުވާއަށް އޭނާ މެލޭޝިއާއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ޔުމްނުއާ ބެހޭގޮތުން "ފާޅުގައި ދޮގުހަދައި އޮޅުވާލަމުން" އަންނަކަމަށްވެސް އޭނާގެ އާއިލާއިން ތުހުމަތުކުރެއްވިއެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި އޭނާއާއެކު އެރޭ އުޅުނު ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް ކޯޓަށް ގެންގޮސް 5 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ. ފުލުހުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، އޭގެތެރޭގައި ޔުމްނު ވެއްޓުމުގައި ބައިވެރިވުން ވެސް ހިމެނެއެވެ. 

ޔުމްނު ވެއްޓުނު ހާދިސާ އާއި ގުޅިގެން 7 މީހެއްގެ ފޯނު ހިފަހަށްޓައި އެ މައްސަލައިގައި 'ޕާސަން އޮފް އިންޓަރެސްޓު' ގެ ގޮތުގައި ވެސް ބެލެވޭ 8 މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފައިވެއެވެ. 

މި މައްސަލައިގައި ޔުމްނުގެ އާއިލާ މީހުންނާއި ޒުވަނުން މާލޭގައި އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް