ads
އޭއާރު ރަހުމާން
އޭއާރު ރަހުމާން ކޮޕީރައިޓް މައްސަލައެއްގައި 20 މިލިއަން ރުޕީޒް އިން ޖޫރިމަނާ
އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރު އޭއާރު ރަހުމާން އަށް ކޮޕީރައިޓް މައްސަލައެއްގައި 20 މިލިއަން ރުޕީޒް (2 ކޮރޯރު ރުފިޔާ) ޑިޕޮސިޓްކޮށް، 200,000 ރުޕީޒް ގެ ޖޫރިމަނާއެއް ދެއްކުމަށް ދިއްލީ ހައިކޯޓުން އަމުރުކޮށްފިއެވެ.
Advertisement

މި މައްސަލައަކީ "ޕޮންނިޔިން ސެލްވަން 2" ފިލްމުގައި ހިމެނޭ "ވީރާ ރާޖާ ވީރާ" ލަވަ، އުސްތާދު ފައިޔާޒް ވަސިފުއްދީން ޑަގާގެ ބައްޕަ އަދި ބޮޑުބޭބެ ކޮމްޕޯސްކުރި "ޝިވަ ސްޓުޓީ" އިން ކޮޕީކޮށްފައިވާކަމަށް ބުނެ ހުށަހެޅުނު މައްސަލައެކެވެ.

ޖަސްޓިސް ޕްރަތިބާ އެމް. ސިންގް ނިންމެވީ "ވީރާ ރާޖާ ވީރާ" ލަވައަކީ "ޝިވަ ސްޓުޓީ" އާ މިއުޒިކަލް ސްޓްރަކްޗާ، ރިދަމް އަދި ބީޓްގައި އެއްގޮތް ލަވައެއްކަމަށެވެ. މީގެ އިތުރުން، ކޯޓުން ރަހުމާން އަދި މަދްރާސް ޓޯކީސް އަށް ލަވައިގެ ކްރެޑިޓްސް ހުރިހާ ޕްލެޓްފޯމެއްގައި އިސްލާހުކޮށް، "ކޮމްޕޮޒިޝަން ބޭސްޑް އޮން ޝިވަ ސްޓުޓީ ބައި މަރުހޫން އުސްތާދު އެން ފައިޔާޒުއްދީން ޑަގާ އެންޑް މަރުހޫމް އުސްތާދު ޒަހީރުއްދީން ޑަގާ" މިގޮތަށް ހިމެނުމަށް އަމުރުކޮށްފައިވެއެވެ.

ރަހުމާން ދިފާއުގައި ބުނެފައިވަނީ "ޝިވަ ސްޓުޓީ" އަކީ ޕަބްލިކް ޑޮމެއިންގައި ހިމެނޭ ޓްރެޑިޝަނަލް ދުރުޕަދް ކޮމްޕޮޒިޝަނެއް ކަމަށާއި، "ވީރާ ރާޖާ ވީރާ" އިންސްޕަޔާ ވެފައިވަނީ 13 ވަނަ ގަރުނުގެ ނަރާޔަނަ ޕަންޑިތާޗާރިޔާގެ މަސައްކަތަކުންކަމަށެވެ.

ނަމަވެސް ކޯޓުން މި ވާހަކަތައް ބަލައިނުގަނެ، ލަވައިގެ އޯރަލް އިމްޕެކްޓް އަދި ކޯ ހަމަ އެއްގޮތްކަމަށް ފާހަގަކޮށް، ރަހުމާނަށް އޮރިޖިނަލް މަސައްކަތް ކޮޕީ ކޮށްފައިވާކަމަށް ބުނެފައިވެއެވެ. 

މި ނިންމުމުން ކޮޕީރައިޓް އެކްޓް 1957 ގެ ދަށުން އޮރިޖިނަލް ހިންދުސްތާނީ ކްލާސިކަލް ކޮމްޕޮޒިޝަންތައް ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް