ads
ރައީސް މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓުގައި
މިއަހަރުވެސް ރާއްޖެ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓުގައި ހިމެނިއްޖެއެވެ.
Advertisement

ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" (އާރުއެސްއެފް) އިން ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގެ މި އަހަރުގެ އިންޑެކްސްގައިވެސް ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައެވެ.

މިއަހަރު ރާއްޖެ އޮތީ 52.46 ޕޮއިންޓާ އެކު 104 ވަނައިގައެވެ. މީ މިދިޔަ އަހަރަށް ވުރެ ދެ ދަރަޖައިގެ ކުރިއެރުމެކެވެ. އެެހެންނަމަވެސް ރާއްޖެއަށް ލިބުނު ސްކޯ އަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. 

"ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ދަނީ 2023 އިން ފެށިގެން ފަހަތަށް ޖެހެމުންނެވެ. 2023 ވަނަ އޭގެ ކުރީ އަހަރަށް ވުރެ 13 ދަރަޖަ ފަަހަތަށް ވެއްޓި ރާއްޖެ އޮތީ 100 ވަނައިގައެވެ. އޭގެ ފަހުން ޖެހިގެން އައި 2024 ވަނަ އަހަރު އަނެއްކާވެސް ރާއްޖެ ވަނީ ހަ ދަރަޖަ ފަހަތަށް ވެއްޓިފައެވެ. އަދި އެއާއި އެކު ރާއްޖެ ވަނީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައި ހިމެނިފައެވެ. 

މި އަހަރުގެ ލިސްޓުގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ރަނގަޅަށް ލިިިބިފައިވާ ގައުމެއްގެ ގޮތުގައި އޮތީ ނޯވޭއެވެ ދެވަނާގައި އެސްޓޯނިއާ އޮތް އިރު ތިންވަނާގައި އޮތީ ނެދަލެންޑްސް އެވެ. 

ނޫސްވެރިކަމުގެ މިނިވަންކަން ނުރައްކާތެރި މިންވަރަކަށް ދަށް ގައުމުތަކުގެ ތެރެއިން އެންމެ ފުލުގައި އޮތީ އެރިޓްރެއާ އެވެ. ދެން އޮތީ ނޯތު ކޮރެއާއާއި ޗައިނާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް