ކެތް ލެބްގެ ހިދުމަތް ނުފެށި ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 3 އަހަރު ދުވަހު، އައްޑޫއިން ފަރުވާ ދެވެން ނެތިގެން އެމަޖެންސީގައި މާލެއަށް އެއް ކަމަކަށް އެންމެ ގިނަ ބަލިމީހުން ފޮނުވައިފައިވަނީ ހާޓް އެޓޭކްތައް ފަދަ ހިތުގެ މައްސަލަތައް ކުރިމަތިވެގެންކަމަށެވެ.
އެހެންނަމަވެސް އައްޑޫ ސިޓީގައި ކެތް ލެބް ފެށި ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރުވެސް ނުފެށި ވުމަކީ ދެރަކަމެއްކަށެވެ.
އޭއީއެޗްގެ ކެތު ލެބްގެ މަސައްކަތް ނިންމައިލީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެތަނުން ކޮރޮނަރީ އެންޖިއޯގްރަފީ އާއި އިންވޭސިވް އަދި ނޮން-އިންވޭސިވް ފަރުވާތައް ދެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.