ads
އެޑިއުކޭޝަން މިނިސްޓަރު ޝަފީއު
7 އަހަރު ވެފައިވާ ކުޅުދުއްފުށީ ސްކޫލް މަޝްރޫއުތައް: ކުރިއަށް ގެންދާން ފެހި ސިގުނަލެއް
ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލްގައި އިމާރާތްކުރަން ފަށާފައިވާ މަޝްރޫއުތައް 7 އަހަރު ވަންދެން ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، މި މަޝްރޫއުތައް އަލުން ކުރިއަށް ގެންދިއުމަށް ފެހި ސިގުނަލް ލިބިއްޖެއެވެ.
Advertisement

މިކަން ހާމަވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ކުރެއްވި ސުވާލަކަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ދެއްވި ޖަވާބުގައެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވިގޮތުގައި ޖަލާލުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ މަޝްރޫއުތައް ވަރަށް ބޮޑަށް ލަސްވެގެން ގޮސްފައިވާއިރު، ކޮންޓްރެކްޓަރުންނާއެކު ދެކެވުނު ވާހަކަތަކުން މަޝްރޫއުތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ލިބިފައިވެއެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އަޅާ އިމާރާތުގެ ފުރާޅުގެ މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު، ޖަލާލުއްދީން ސްކޫލް އިމާރާތުގައި ސްލަބް އެޅުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަފީފުއްދީން ސްކޫލްގައި އަޅަމުންދާ އިމާރާތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއު ކުރިއަށް ގެންދަނީ ވެންޒާ ކުންފުންޏާ ހަވާލުކޮށްގެން ކަމަށާއި، އެކަށީގެންވާ ވަރަށް މަސައްކަތް ކުރަމުން ނުދާނަމަ ކޮންޓްރެކްޓް ބާތިލްކޮށްފައި ވެސް ޕްރޮޖެކްޓް ކުރިއަށް ގެންދާނެކަމަށެވެ. ނަމަވެސް، ކުޅުދުއްފުށީގައި އާ ސްކޫލެއް އެޅުމާއި ގްރޭޑް 11 ކުދިންގެ ޖާގައިގެ މައްސަލައާ ގުޅޭގޮތުން މެންބަރު ކުރެއްވި ސުވާލަށް މިނިސްޓަރު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް