ads
ހުޅުމީދޫ….
ކަނޑު ހުރަސްކޮށް ދަތުރުކުރަންޖެހޭތީ ހުޅުމީދޫއަށް އެއާޕޯޓެއް ބޭނުންވޭ: މެންބަރު ޝާހިދު
އައްޑޫ ގަމުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ނަމަވެސް، އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްތަކާ ވަކިން އޮންނަ ހުޅުމީދޫއަށް ވެސް ވަކި އެއާޕޯޓެއް ބޭނުންވާކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
Advertisement

ޝާހިދު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވިގޮތުގައި ހުޅުދޫ އާއި މީދޫއަކީ އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްތަކާ ވަކިން އަދި ކަނޑެއް ހުރަސްކޮށްގެން ނޫނީ ނުދެވޭނެ ދެ ރަށް ކަމަށްވާތީ، ހުޅުމީދޫގެ ރައްޔިތުންނަށް ވަކިން ހާއްސަ އެއާޕޯޓެއް ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ ކަނޑުގަދަ ދުވަސްވަރު ދަތުރުކުރުމުގައި ދިމާވާ އުނދަގޫތަކުގެ ސަބަބުން މިކަން މުހިންމުވާ ކަމަށެވެ. ޝާހިދު ވިދާޅުވިގޮތުން ދުވާލަކު 300-400 ރައްޔިތުން ހުޅުދޫ، މީދޫ، ގަން، ފޭދޫ އަދި ހިތަދޫއާ ދެމެދު ދަތުރުކުރެއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މިހާރު މަސައްކަތްކުރަމުން ގެންދަވަނީ ހުޅުދޫ އާއި މީދޫއަކީ ވަކި ސިޓީއެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ވެސް އަޅުގަނޑުމެން ކުރާނަން. ރައްޔިތުން އަޅުގަނޑުމެން ގާތު މި އެދެނީ މި ތަރައްގީ އާއި ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް،" ޝާހިދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޑުއަތޮޅުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް މިހާރުވެސް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް