ads
ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބާލާކްރިޝްނާން
ރާއްޖެ ނުދާކަށް ސިންގަފޫރަކުން ރައްޔިތުންނަކަށް ނާނގާ : ފޮރިން މިނިސްޓްރ
ޒަރޫރީ ބޭނުމެއްގައި މެނުވީ ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށް ބުނެ ދައުރުކުރަމުން ދާ ބަޔާނަކީ މާ ކުރީގެ އެއްޗެއްކަަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
Advertisement

ރާއްޖޭ ހިމެނޭ ދެކުނު އޭޝިޔާ އަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އިރުޝާދު ދީ އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްއެއް ނެރެފައެވެ. 

މި ބަޔާނާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށް ބުނެ ދިވެހިރާއްޖޭގެ ބައެއް މީޑިއާ ތަކުގައި ޝާއިޢުކުރަމުންދާ ޚަބަރުތަކާ ގުޅިގެން މިނިސްޓްރީނ އެކަން ބެލިކަަމަށެވެ. 

އަދީ ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައިނުވާކަން ސިންގަޕޫރު ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 

"އެގޮތުން، ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީހެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަން ފާހަގަކުރަމެވެ." ދިވެހި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ގައުމުތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރުމަކީ އެކަށީގެންވާކަމެއްކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ. 

" މިހެންކަމުން، ހުރިހާ ފަރާތްތަކުންވެސް، ހަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ޤައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރަމެވެ." ދިވެހި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

ސިންގަޕޫރު ފޮރިން މިނިސްޓްރީން ނެރުނުކަމަށް ބުނާ އިލްތިމާސްގައި ވަނީ މި ސަރަހައްދުގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ހަނގުރާމަވެރި ހާލަތާ ގުޅިގެން ސަލާމަތީ ކަންބޮޑުވުންތައް އިތުރުވެފައިވާ ކަމަށެވެ. މިހާރު ރާއްޖޭގައި ތިބި ސިންގަޕޫރު ރައްޔިތުންވެސް ހިމެނޭހެން ވަނީ ފަރުވާތެރިވުމަށާއި، އާންމު އެއްވުންތަކުން ދުރުހެލިވުމަށާއި، ރާއްޖޭގެ ލޯކަލް މީޑިއާއިން އަޕްޑޭޓްތައް ބެލުމަށާއި، އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބާވުމަށް އިރުޝާދު ދީފަ އެވެ. އަދި ސިންގަޕޫރު ފޮރިން މިނިސްޓްރީގެ އީރެޖިސްޓާ ސިސްޓަމްގައި ރަޖިސްޓަރީވުމަށާއި، ފުރިހަމަ ދަތުރުފަތުރުގެ އިންޝުއަރެންސް ހޯދުމަށްވެސް އިރުޝާދު ދީފައިވެއެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް