ads
ޝަރުއީ ދާއިރާއާ ސުޕްރީމްކޯޓަށް ނުފޫޒު ފޯރުވީ ސުއޫދު: އުޝާމް
ސުޕްރީމް ކޯޓުގެ ފަނޑިިޔާރުންނަށް ނުފޫޒު ފޯރުވަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ސުޕްރީމް ކޯޓާއި ޖުޑިޝަރީއަށް ނުފޫޒު ފޯރުވީ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދުކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެސްއެމްއިން ގެނެސްދޭ އަހާ ފޯރަމްގައި މީހަކު ޝަރުއީ ދާއިރާއަށް ބަންޑާރަ ނައިބު އުޝާމް ނުފީޒު ފޯރުވާކަމަށް ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވިކަމަށެވެ. އަދި އެފަދަ ކަމެއް ކުރެއްވިތޯ އެމީހާ ވަނީ ސުވާލު އުފައްދަވާފައެވެ، 

އެ ސުވާލަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވީ ހުސްނުއް ސުއޫދަކީ ސިޔާސީ މީހެއްކަމަށާއި އޭނާ ދައްކާނީ ސިޔާސީ ވާހަކަކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން ސުއޫދު މަސައްކަތް ކުރެއްވިކަމަށާއި އެކަމާއި ގުޅޭ ގޮތުން ވާހަކަ ވާހަކަ ދެއްކިކަމަށާއި އެހެން މީހުން މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މެސެޖު ފޮނުވައިގެންވެސް އެކަން ކުރައްވަން ސުއޫދު މަސައްކަތް ކުރެއްވިކަމަށް އުޝާމް ވިދާޅުވިއެވެ. 

" އެކިއެކި ގޮތް ގޮތުން، އެކިއެކި މީހުން މެދުވެރިކޮށް ރައީސްއަށް ފޮނުވާފައި ހުރި މެސެޖުތަކާއި ރައީސްއާ ބައްދަލުވެގެން އެކި ފަހަރު ދަައްކާފައި ހުރި ވާހަކަތަކަށް ބަލާއިރުގައި، ހަގީގަތުގައި ނުފޫޒު ފޯރުވާފައި ހުންނާނީ އެ ބޭފުޅާ. ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ،" އޭނާ ވިދާޅުވިއެވެ.

ސުއޫދުގެ ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ އެއްވެސް ޒަމާނެއްގައި އެއްވެސް ތަނަކުން މި މައްސަލަ ތަހުގީގުކޮށްފި ކަމުގައި ވަނީ ނަމަ އޭނާއަށް ޖަވާބުދާރީ ވެވޭނެ ކަމަށެވެ. ބަންޑާރަ ނައިބު ވިދާޅުވީ އެމަނިކުފާނުވެސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް