އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ ބާރާއި ނުފޫޒުން ފަނޑިޔާރުން ވަކިކުރުމުގެ އެންމެހައި ކަންކަން ހިންގާފައިވަނީ ނާއިންސާފުގެ މިސާލަކަށްވާ ފަދައިން ކަމަށެވެ.
ދަ ޑިމޮކްރެޓްސްގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ފަނޑިޔާރުން ވަކިކުރުމުގެ މި އަމަލު އ.ދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ސަމާލުކަމަށް އައިސް އެފަރާތްތަކުން ވެސް ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި ވެސް ރާއްޖޭގެ ޖުޑިޝަރީއާ މެދު އިތުރުބާރު ގެއްލި، ސަރުކާރުގެ އަގުވެއްޓި، ރާއްޖޭގެ ނަން ކިލަނބުވެ ގޮސްފައިވުމީ މުޅި ގައުމަށް ލިބޭނޭ ބޮޑު ގެއްލުމެއް ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފައިވެއެވެ.