ads
ޑިމޮކްރެޓްސްގެ އިސްވެރިން
ރައްޔިތުންގެ ހިޔާލެއް ނުހޯދާ ގުޅީފަޅުގެ ޕްލޭން ބަދަލެއްނުކުރެވޭނެ: ދަ ޑިމޮކްރެޓްސް
ރައްޔިތުންގެ ހިޔާލެއް ނުހޯދާ ގުޅީފަޅުގެ ޕްލޭން ބަދަލުކުރުމާމެދު ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
Advertisement

ދަ ޑިމޮކްރެޓްސް އިން ބުނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އާންމު މަޝްވަރާއެއް ހިޔާލެއް ހޯދުމަކާނުލާ، ހިތުހުރި ބަދަލެއް ގެނެސް، ގެޒެޓުކޮށްފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އިން ފާހަގަކުރި ގޮތުގައި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނެއް ފުރަތަމަ އާންމުކުރީ 24 އޮގަސްޓް 2023 ގައެވެ. އޭގެފަހުން 27 އޮކްޓޫބަރު 2024 ގައި އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށް ޝާއިއުކުރިއެވެ. ނަމަވެސް، އަނެއްކާވެސް 16 މޭ 2025 ގައި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާ ލޭންޑް ޔޫސް ޕްލޭނެއް ހަދާ، އާންމުކޮށްފައިވެއެވެ. "މިފަހަރު ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައީ މިނިސްޓްރީގެ ބޭރު އެއްވެސް އިތުރު ބައެއްގެ ހިޔާލެއް މަޝްވަރާއެއް ހޯދުމެއްނެތި، ހަމައެކަނި ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރުއާއި މައި ސަރުކާރަށް ފެންނަ ގޮތެއްގެ މައްޗަށް،" ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.

ދަ ޑިމޮކްރެޓްސް އިން ފާހަގަކުރި ގޮތުގައި ސިއްރިއްޔާތުގައި ތިބެ، މަޝްވަރާއެއް ނުހޯދާ، ހިތުހުރި ގޮތަކަށް އެކުލަވާފައިވާ ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭންގައި އާންމު ހުސް ޖާގަތަކާއި، ޕާކުތަކާއި، ކުޅިވަރު ދަނޑުތަކާއި، މައިދާންތަކާއި، ވިޔަފާރި ޖާގަތަކާއި، ސްކޫލް ހޮސްޕިޓަލް އަދި މިސްކިތްފަދަ ދުޅަހެޔޮ ރަށްވެހިކަމަކަށް ބޭނުންވާ ވަސީލަތްތައް އެކަށޭނަ ގޮތުގައި އެކަށޭނަ މިންވަރަށް ހިމަނާފައި ނެތެވެ. ދަ ޑިމޮކްރެޓްސް އިން ސަރުކާރަށް ގޮވާލަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އާންމު ހިޔާލާއި މަޝްވަރާ ހޯދުމަށެވެ. ހާއްސަކޮށް މާލެ ސިޓީ ކައުންސިލާއި، ގުޅީފަޅު ރަށްވެހިންގެ ޖަމްއިއްޔާފަދަ ސްޓޭކްހޯލްޑަރުންގެ ލަފާ ހޯދުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް