ފުލުހުން ބުނީ ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ރޭ ހިނގި މި މާރާމާރީގެ ރިޕޯޓް ލިބުނީ 23:51 ކަންހާއިރުކަމަށެވެ.
މި މާރާމާރީ ހިންގި މީހުންވަނީ ދެމީހަކަށް އެކިވަރުގެ އަނިޔާތައް ދިނުމަށްފަހު ފިލާފައެވެ.
މިމާރާމާރީގައި ދެމީހަކަށް އަނިޔާވެފައިވާ ކަމަށާއި އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާކަމަށް ފުުލުހުން ބުނެއެވެ. އަދި އަނެއް މީހާގެ ބުރަކަށީގެ އެކިތަންތަނުން ދުޅަވެ ދެއަތުގެ އުޅަނބޮށި މަށައިގެން ގޮސްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
މާރާމާރީ ހިންގި މީހުން ވަނީ އަނިޔާވި ދެމީހުންގެ ފޯންވެސް ފޭރިގެންފައި ކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;