ads
ރައީސް މުއިއްޒު މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެ ވަޑައިގަތް
ހައްޖާޖީންނަށް ރައީސް މުއިއްޒުގެ ހެޔޮ ދުއާ
ހައްޖުވެރިންނަށް ރައީސް މުއިއްޒު ހެޔޮ ދުއާ ކުރައްވައިފިއެވެ.
Advertisement

ހައްޖު ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ޓްވީޓެއް ކުރައްވައި، ކޮންމެ ހައްޖާޖީއަކަށް މަބްރޫރު ހައްޖެއް މިންވަރު ކުރެއްވުމަށް އަދި ކޮންމެ މުސްލިމެއްގެ ދުއާ އިޖާބަ ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ދިވެހިރާއްޖެއާއި ދިވެހި ކޮންމެ ރައްޔިތަކަށް އަމާންކަމާއި، ދުޅަހެޔޮކަމާއި، ވިޔަވަތިކަން ތާއަބަދުމެ ދެއްވުމަށްވެސް ރައީސް ދުއާކުރެއްވިއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ގޮސްފައިވަނީ ރަސްމީ ކޯޓާގެ ގޮތުގައި ލިބުނު 1000 މީހުންނެވެ. ހައްޖު މިޝަނުން މައުލޫމާތު ދެއްވި ގޮތުގައި ހުރިހާ ހައްޖާޖީން މިހާރު ތިބީ އަރަފާތު ބިމުގައެވެ. ދިވެހި ހައްޖާޖީން އަރަފާތަށް ދަތުރު ފެށީ ރޭ މައްކާ ގަޑިން 21:30 ގައި ކަމަށާއި ފަތިސްވުމުގެ ކުރިން ހުރިހާ ހައްޖާޖީން އަރަފާތަށް ވަދެފައިވާ ކަމަށް ހައްޖު މިޝަނުން ބުންޏެވެ. އަދި އެންމެންގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.

ހައްޖުގެ އަޅުކަން ފުރިހަމަ ކުރަން ހައްޖާޖީން މިއަދު އެއްކޮށް އަރަފާތު ޓެންޓްތަކުގައި ތިބުމަށްފަހު އަރަފާތު ބިމުން ނުކުންނާނީ ހައްޖު ދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހުކުރު ވިލޭރޭ ހުރިހާ ހައްޖާޖީން މުޒްދަލިފާގައި ރޭ ކުރުމަށްފަހު މިނާގެ ފޭލިގެތަކަށް ވަންނާނީ ބޮޑު އީދު ދުވަހު ޖަމްރާއަށް ހިލަ އުކުމަށް ފަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް