ads
އައްޑޫ ހޮސްޕިޓަލް
އައްޑޫގައި ކުއްލި މަރެއް، ތަހުގީގު ފަށައިފި
ރޭ ދަންވަރު އައްޑޫގައި ކުއްލި ގޮތަކަށް ނިޔާވި ކަމަށް ބެލެވޭ މީހެއްގެ މަރާ ގުޅޭ ތަހުގީގެއް ފަށައިފިއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން ރޭ ކުއްލި ގޮތަކަށް ނިޔާވީ ރައްޓެހިން ތަކަކާއެކު އައްޑޫއަށް ގޮސް އުޅެނު ޒުވާން ފިރިހެނެކެވެ. އޭނާ ނިޔާވުމުން އޭނާގެ ރައްޓެހިން އޭނާ ހެނދުނު، އައްޑޫ ހޮސްޕިޓަލަށް ލާފައިދިޔަ ކަމަށްވަނީ އަޑު ފެތުރިފައެވެ. ފުލުހުން އަންނަނީ މިހާރު އެ މައްސަލަ ބަލަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނަނީ މިއަދުގެ ހެނދުނު 6:00 ގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެނައި މީހަކު ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މި މަރުގެ އިތުރު ތަފްސީލެއް އަދި ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވަނީ ވެމްކޯގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.  އޭނާގެ ރައްޓެހިންތަކެއް އައްޑޫއަށް ގޮސް ކޮޓަރިއެއް ނެގި ކަމަށާއި، އެ މީހުން ކޮޓަރިއަށް ވަނީ ރޭ ފަތިހު 4:00 ހާއިރު ކަން ސީސީޓީވީ ކެމެރާއިން ފެންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ފަހުން ތިން މީހަކު އެ ޒުވާނާ ކޮނޑަށްލައިގެން އެ ކޮޓަރިން ނުކުންނަ މަންޒަރު ސީސީޓީވީން ފެންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާ މަރުވުމުގައި ޝައްކުތަކެއް ހުރުމުން އާއިލާއިން ވެސް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާ ކަން އެނގިފައި ވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް