ads
ދީނީ އިލްމުވެރިޔާ އިބްރާހިމް ފަރީދު (ވ) އަދި އޭނާގެ ދަރިފުޅު އަބްދުﷲ ފަރީދު
ފަރީދު ވަކިވެގެންދިޔައީ ފުރަތަމަ ކާފަ ދަރި އުރާލަން ފުރުސަތު ނުލިބި
އިއްޔެ ކުއްލި ގޮތަކަށް އަވަހާރަވި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ ވަކިވެގެން ދިޔައީ އޭނާގެ ފުރަތަމަ ކާފަ ދަރި އުރާލުމުގެ ފުރުސަތު ނުލިބިއެވެ.
Advertisement

އިއްޔެ ހަވީރުގެ ވަގުތެއްގައި ޝެއިހް ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމުކަަށް  އެގައުމަށް ވަޑައިގެން އެއާޕޯޓަށް ފަބައިވަޑައިގެންތާ މާ ގިނައިރުތަކެއް ނުވަނީސްއެވެ. ފަރީދު މެލޭޝިއާއަށް ވަޑައިގަތީ އެގައުމުގައި ދަރުސެއް ދެއްވުމަށެވެ. 

ފަރީދު ވަކިވެގެން ދިޔުމުން ފަރީދު ދަރިފުޅު އަބްދު ﷲ ފަރީދު (އަބޯ) ވަނީ އޭނާގެ ފޭސްބުކްގައި އަސަރު ގަދަ ޕޯސްޓެއް ދޫކޮށްލާފައެވެ. ބައްޕަގެ ކުުއްލި ވަކިވުމާއި ގުޅޭގޮތުން އަބޯ ކުރި ޕޯސްޓްަގައި ބުނީ ބައްޕަ ވަކިވެގެން ދިޔައީ ފުރަތަމަ ކާފަ ދަރިފުޅު އުރާލުމުގެ ފުރުސަތުވެސް ނުލިބިކަމަށެވެ. 

" ހާލަތް ދިމާ ކުރިގޮތުން މިއަދު ބައްޕަ ވަކިވެގެން އެ ދިއައީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނި، ނަމަވެސް އުރާލާ ބޮސްދީ ހަދާލަން ފުރުސަތެއް ނުލިބި އެވެ،" (އަބޯ) ފޭސްބުކްގައި ކުރި ޕޯސްޓްގައިވެއެވެ.

އަބްދު ﷲ ބުނީ ކުޑަ ދަރިފުޅާއި އެކު ހުއްޓާ އައީ އޭނާގެ މަންމަގެ އަސަރުގަދަ ކޯލެކެވެ. މަންމަ ރޮމުން އެދުނީ ބައްޕަގެ ހާލު ބަލާދިނުމަށްކަމަށް އަބްދު ﷲ ބުނިއެވެ. 

" މަންމަ ގިސްލަމުން އެދުނީ ބައްޕަގެ ހަބަރެއް ބަލާދިނުމަށެވެ. އަޅުގަނޑު ވަގުތުން ބައްޕައާއެކު ދަތުރު ކުރި ހިދުމަތް ޖަމްއިއްޔާގެ އިސްވެރިއަކަށް ގުޅީމެވެ. އެ ވަގުތު މެދުކެނޑުމެއް ނެތި ބައްޕައަށް އަވަސް ފަރުވާދޭ މެޝިނުތަކުގެ އަޑު ކަންފަތުގައި ޖެހުނެވެ. ދެން އިވުނީ ބައްޕަ އަވަހާރަވެއްޖެ ކަމުގެ ހިތާމަވެރި ޚަބަރެވެ،" އަބްދު ﷲ ފޭސްބުކް ޕޯސްޓުގައި ވެއެވެ.

ފަރީދުގެ ޖަނާޒާ މެލޭޝިޔާގައި ބޭއްވުމަށް އާއިލާއިން ވަނީ ނިންމާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް