ads
ބީއެމްއެލްއިން ތައާރަފުކުރި އިސްލާމިކް ވިސާ ކްރެޑިޓް ކާޑު
ބީއެމްއެލްއިން ކަސްޓަމަރުން މެއިލިން އެޑްރެސް އަޕްޑޭޓް ކުރުމަށް އިލްތިމާސްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލެ ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ކާޑު ފޮނުވައިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަސްޓަމަރުންގެ މެއިލިން އެޑްރެސް އަޕްޑޭޓްކުރުމަށް އިލްތިމާސްކޮށްފިއެވެ.
Advertisement

ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓެރެޓެޖީ މުހައްމަދު ސައީދު ވިދާޅުވެފައިވަނީ، ކަސްޓަމަރުންނަށް ރައްކާތެރިކަމާއެކު ވީހާވެސް އަވަހަކަށް ކާޑު ހަވާލުކުރުމަކީ އެ ބޭންކުން އިސްކަން ދޭ ކަމެއް ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ކަސްޓަމަރުންނަށް ކާޑު ހަވާލުކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަސްޓަމަރުން ކާޑު ޑެލިވަރކުރަން ޖަހާފައިވާ މެއިލިން އެޑްރެހުގައި ދިރިނޫޅުމެވެ.

"އެންމެ ބޮޑަށް ފާހަގަކުރެވެނީ ކަސްޓަމަރުން ބޭންކަށް ދީފައި އޮންނަ އެޑްރެހުގައި ދިރިއުޅެމުން ނުދާކަން. ނުވަތަ މެއިލިން އެޑްރެހުގެ ގޮތުގައި ދާއިމީ އެޑްރެސްވެސް ދީފައި އޮންނަކަން ފާހަގަކުރެވޭ. އިންޓާނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް އެޑްރެސް އަޕްޑޭޓް ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ކާޑުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކާޑު ކަސްޓަމަރަށް ހަވާލުކުރުމާ ހަމައަށް، ކާޑު އެކްޓިވޭޓެއް ނުވާނެ ކަމަށާއި ކާޑު އެކްޓިވޭޓް ކުރެވޭނީ ހަމައެކަނި އެ ކަސްޓަމަރަކަށް ކަމަށް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން، މާލޭ ސަރަހައްދުގައި މިބަދަލު ގެނައި ނަމަވެސް އަތޮޅު ތެރޭގައި ކަސްޓަމަރުންނަށް ކާޑު ހަވާލުކުރަމުން ދާނީ ބީއެމްއެލްގެ މުވައްޒަފުން ކަމަށްވެސް ބޭންކުން ބުންޏެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް