ads
ބައްސާމް އަދީލް ޖަލީލް
ހަފްތާއެއް ތެރޭ ތިން ލައްކަ ރުފިޔާ ދައްކަން ބައްސާމްގެ މައްޗަށް ހުކުމެއް
މީހެއް އަތުން ނެގި ފައިސާތަކެއް އަނބުރާ ރައްދުނުކޮށްގެން، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް، އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
Advertisement

ސިވިލް ކޯޓުން ބުދަ ދުވަހު ކުރި މި ހުކުމަކީ، މީހެއްގެ އަތުން ބައްސާމް ނަގާފައިވާ ފައިސާއިން އޭނާ އަނބުރާ ނުދައްކާ އޮތް، 269،714 ރުފިޔާ ހޯދަން ކުރި ދައުވާއެކެވެ. މައްސަލަ ނިމުމުގެ ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ބައްސާމް، އެ ފައިސާ އަނބުރާ ނުދެއްކުމުން އިތުރު 6000 ރުފިޔާއާއި، ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25000 ރުފިޔާ ހޯދުމަށް ދައުވާ ކުރާ ފަރާތުން އެދުނެވެ.

މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް ހުކުމް ކުރައްވާފައިވަނީ ބައްސާމްގެ ގައިރު ހާޒިރުގައެވެ. ބައްސާމްގެ ގައިރު ހާޒިރުގައި ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ 18 ޖޫން 2025 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި 314،714 ރުފިޔާ، ބައްސާމް އަދީލް ޖަލީލް ސިވިލް ކޯޓަށް ދައްކަން ޖެހޭނެ ކަމަށެވެ.

ބައްސާމްގެ މައްޗަށް ފައިސާގެ ބޮޑު ހުކުމެއް ސިވިލް ކޯޓުން އިއްވިއިރު، އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވީ ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ބައްސާމްއާ ދެކޮޅަށްވަނީ ފެށިފައެވެ. ބައްސާމްއާ ދެކޮޅަށް ކުރާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ ދިގު މުއްދަތަކަށް ޖަލަށްލާން ހުކުމް ކުރެވޭނެ ކަމަށްވަނީ ބެލެވިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް