ads
ސަލްޓަން ޕާކް--
އެމްޑީޕީގެ ހަރަކާތައް ސަލްޓަން ޕާކު ދޫކޮށްފި
އެމްޑީޕީގެ ޖަލްސާ ބާއްވަން ސަލްޓަން ޕާކް ދޫކުރަން ސަރުކާރުން ނިންމައިފި އެވެ.
Advertisement

އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ ޖަލްސާ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދީފި ނަމަ ހޯމަ ދުވަހުގެ ރޭ 9:00 އަށް މުލީއާގޭ ދޮށަށް އެމްޑީޕީއަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކުން ދިޔުމަށް އެމްޑީޕީގެ ޗެއާޕާސްން ފައްޔާޒު ދައުވަތު އަރުވާފައިވެ އެވެ.

އެ ވާހަކައާ ގުޅުވައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވީ ސަލްޓަން ޕާކު މަރާމާތުކުރަން ސިޓީ ކައުންސިލުން އެތަން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އޭގެފަހުން އެއްވެސް ބަޔަކަށް އެތަން ކުއްޔަށް ދީފައިނުވާ ކަމަށާއި އަދި ކުއްޔަށް ދިނުމަށް އުސޫލެއް ކަނޑައަޅާފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު، އެމްޑީޕީން އެދިގެން އެ ޕާޓީގެ ޖަލްސާ ބާއްވަން ސަލްޓަން ޕާކު ދޫކުރަން ނިންމާފައިވާ ކަމަށް، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި މުއްތަލިބު ވިދާޅުވި އެވެ.

"މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓު ބާއްވާ ތަން އެ ޕާޓީން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމައިފަ އެވެ." އޭނާ ވިދާޅުވި އެވެ.

ފައްޔާޒުގެ ޕޯސްޓާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ ވިދާޅުވީ، ދުރާލާ ހުއްދަ ނުހޯދައި އެއްވުންތައް ބޭއްވޭނެ ތަންތަން ކަނޑައަޅައިފައިވާނެ ކަމަށާއި، އެފަދަ އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނިމުނު އެމްޑީޕީ ސަރުކާރަށް ވުރެ މި ސަރުކާރުން ފުޅާކޮށްފައިވާނެ ކަމަށެވެ.

ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމީ އެ ޕާޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ފާސްކުރި ގަރާރަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް