ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އައްޑޫ ކެތަލެބް
އައްޑޫ ހޮސްޕިޓަލްގެ ކެތު ލެބުގެ ހިދުމަތް 4 މަސްތެރޭ ފެށޭނެ: ނާޒިމް
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކެތެޓެރައިޒޭޝަން ލެބޯޓަރީ ނުވަތަ ކެތު ލެބްގެ ހިދުމަތް 4 މަސްދުވަހުގެ ތެރޭގައި ފެށޭނެކަަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމު ވިދާޅުވެއްޖެއެވެ.
Advertisement

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކެތެޓެރައިޒޭޝަން ލެބޯޓަރީ ނުވަތަ ކެތު ލެބް ގާއިމްކުރެވުނުތާ އެތައް ދުވަހެއްވީއިރުވެސް އެ ހިދުމަތް ފެށިފައި ނުވުމަކީ ވަރަށް ދެރަކަމެއްކަމަށް ވިދާޅުވެ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ ޚިދުމަތް ނުފެށި ލަސްވާ ސަބަބާ ގުޅޭގޮތުން އަޒާން، ކުރި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ އެ ކެތު ލެބު ގާއިމުކުރުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާކަމަށެވެ. އަދި އެތަނަށް ބޭނުންވާ މެޝިނަރީސް އިންސްޓޯލް ކުރުމާ ގުޅުންހުރި މަސައްކަތްތަކުގެ 98 އިންސައްތަ މިހާރު ނިމިފައިވާކަމަށްވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. 

މީގެ އިތުރުން އެ ކެތުލެބު ފުރިހަމަ ކުރުމަށް ގޮތުން އެތަން ހިންގާ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު އިއުލާނުކޮށްފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ކެތު ލެބު ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތުގެ ޕްރޮޕޯސަލް ހޯދައި އެ ފަރާތަކާ ކެތުލެބު ހިންގުމުގެ ކަންކަން ހަވާލުކުރެވޭނެ ކަމަށާއި ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ." ހެލްތު މިނިސްޓަރު ނާޒިމް މަޖިލިހަށް ލިޔުމުން ފޮނުވި ޖަވާބުގައިވެއެވެ.

އޭއީއެޗްގެ ކެތު ލެބްގެ މަސައްކަތް ނިންމައިލީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެތަނުން ކޮރޮނަރީ އެންޖިއޯގްރަފީ އާއި އިންވޭސިވް އަދި ނޮން-އިންވޭސިވް ފަރުވާތައް ދެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް