ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ސިންގަޕޫރުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ/ރައީސް އޮފީސް
ސިންގަޕޫރަކީ ރާއްޖެ އިން ނަމޫނާއެއްގެ ގޮތުގައި ބަލާ ގައުމެއް: ރައީސް
ސިންގަޕޫރަކީ ރާއްޖެ އިން ނަމޫނާއެއްގެ ގޮތުގައި ބަލަމުން އަންނަ ގައުމެއް ކަމަށާއި ދެ ގައުމަށް ފައިދާ ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޖޭން އިޓޯގީ ޝަންމުގަރަނަމް، ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ބޭއްވި ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަފާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުން ދެއްވި މެހުމާންދާރީއަށް އިހުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާފަ އެވެ. އަދި މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ދަތުރުފުޅެއް ކަމަށާއި ސިންގަޕޫރުން ހޯދި ކުރިއެރުންތަކަކީ ރާއްޖެއިން ނަމޫނާއެއްގެ ގޮތުގައި ބަލާ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ބައްލަވާލައްވައި، ދެޤައުމުގެ ތަޖުރިބާތަކުން ކޮންމެ ގައުމަކަށް ހާސިލްކުރެވިދާނޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. އެގޮތުން ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމާއި މާލީ އަދި ވިޔަފާރީގެ ދާއިރާއިން ސިންގަޕޫރު ހޯދާފައިވާ ކާމިޔާބީތަކަކީ މީގެ ބައެއް މިސާލުކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދެވުނު ރަސްމީ ވާހަކަތަކާއި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ނަތީޖާތަކަށް މަރުޙަބާ ވިދާޅުވި އެވެ.

your imageސިންގަޕޫރާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރިތާ 50 އަހަރު ފުރުމާ ގުޅިގެން ނެރުނު ސްޓޭމްޕް ދެ ގައުމުގެ ރައީސުން އިފްތިތާހުކޮށް ދެއްވަނީ - ފޮޓޯ/ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި، މާލެ އަށް 2014 ވަނަ އަހަރު ކުރިމަތިވި ފެނުގެ ހިދުމަތް ކެނޑުމުގެ ހާދިސާ އާއި ސުނާމީގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސިންގަޕޫރުން ދިން އެހީގެ އިތުރުން ޣާޒީ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫއުއަށް ސިންގަޕޫރު ސަރުކާރުން ދިން އެހީ ފާހަގަ ކުރައްވައި، އެ ކަމަށް ޝުކުރު އަދާ ކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސިންގަޕޫރާއި ރާއްޖެއަކީ ވެސް ކުޑަ އަދި ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް އޮތް ގައުމެއް ކަމަށެވެ. އެހެންވެ، އެ ކަންކަމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަސްމީ ފަރިއްކޮޅުގެ ކުރިން، ރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޝަންމުގަރަނަމް އާއި ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ހަނދާނީ ސްޓޭމްޕެއް ނެރެދެއްވާފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް