މިއަދު ހެނދުނު ހިނގި މި އަލިފާނުގެ ހާދިސާގައި ދެ މީހަކު ވަނީ ފިހިފައެވެ. އެއީ އެ ދޯނީގެ ވެރިފަރާތާއި ދޯނީގައި މަސައްކަތްކުރާ ބިދޭސީއެކެވެ.
މި ހާދިސާ އެ ދެމީހުން ފިހުމުން އެމީހުންނަށް އަންނަނީ ވިލުފުށީ ހެލްތު ސެންޓަރުގައި ފަރުވާދެމުންނެވެ. މީގެތެރެއިން ދޯނީގެ ވެރިފަރާތް އިތުރު ފަރުވާއަށް މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަަމަށް އެރަށުން ބުނެއެވެ.
މި ހާދިސާގައި ދެ މީހަކު ފިހުނު ނަމަވެސް އެމީހުންގެ ހާލު ސީރިއަސް ނޫންކަން ވަނީ އެނގިފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ތ. ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 09:41 ގައި ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.